މާމިގިލީގައި ބިނާކުރި ހިތްގައިމު މަސްޖިދު އިބްރާހީމް

އދ. މާމިގިލީގައި އަލަށް ބިނާކުރި މަސްޖިދު އިބްރާހީމް އަކީ، ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ އަދި ޚިދުމަތްތެރިޔާ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން ދިވެހި މުޖުތަމަޢަށް ލިބިގެންދިޔަ ނުހަނު އަގުހުރި ދީނީ ހަދިޔާއެކެވެ. ޖުމްލަ 800 (އަށްސަތޭކަ) މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ފެންވަރަށް، ނުހަނު ހިތްގައިމުކޮށް ބިނާކޮށްފައިވާ މި މިސްކިތަކީ 2015 ވަނަ އަހަރު ހުޅުވުނު މަސްޖިދު އަލް ޛިކްރާ އަށް ފަހު، އެމަނިކުފާނުގެ ދީލަތި އެހީގައި ބިނާކުރެވުނު ފާހަގަކޮށްލެވޭ ދީނީ ބިނާއެކެވެ.

މަސްޖިދު އިބްރާހީމް ހުޅުވިގެންދިޔުމަކީ މާމިގިލީގެ ރައްޔިތުންނަށާއި، އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނަމާދުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. މި މިސްކިތަކީ ޒަމާނީ ފަރުމާއަކަށް، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ބިނާކޮށްފައިވާ ހިތްގައިމު މިސްކިތެކެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޚިދުމަތްތަކަށް ބަލާއިރު، އެމަނިކުފާނަކީ ހަމައެކަނި ދީނީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެއް ނޫނެވެ އެމަނިކުފާނުގެ ޚިދުމަތުގެ ދާއިރާ ވަނީ މުޅި ޤައުމަށް ފެތުރިފައެވެ. އެގޮތުން، ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކުރުމަށްޓަކައި “ވިލާ ކޮލެޖް” ބިނާކުރައްވާ، އެތައް ހާސް ދަރިވަރުންނަކަށް އުނގެނުމުގެ ފުރުޞަތު ވަނީ ހޯއްދަވައިދެއްވާފައެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއިން އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން، ރާއްޖޭގެ ޑިމޮކްރެޓިކް އިޞްލާޙީ މަސައްކަތްތަކުގައި އެމަނިކުފާނު އަދާކުރެއްވި އިސް ދައުރަކީ ވެސް ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ މުޙިންމު ކަންކަމެވެ.

މާމިގިލީގައި ހުޅުވުނު މި އައާ މިސްކިތާއެކު، ޤާސިމް އިބްރާހީމްގެ އިޖުތިމާއީ އަދި ދީނީ ޚިދުމަތުގެ ސިލްސިލާއަށް އިތުރު ބާބެއް ވަނީ އިތުރުވެފައެވެ. މިފަދަ ބިނާތަކަކީ އިސްލާމީ ތަރުބިއްޔަތާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

2 މާޗް 6202


މުޙައްމަދު ދޮނޭ

ދޮނޭ މީޑިއާގެ ފައުންޑަރ މުޙައްމަދު ދޮނޭ ވަނީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައެވެ. އޭނާ ވަނީ މީގެ ކުރިން ހަވީރު، މިއަދު، ވީމީޑިއާ، ވީނިއުސް، ދިނިއުސް އަދި ހުކުރު އާއި އަޢްޑުވަސް ފަދަ މަޖައްލާތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

މުޙައްމަދު ދޮނޭ އަކީ މިހާރު އެވިޑް ކޮލެޖްގައި ބެޗެލާސް ޑިގްރީ އޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަކުރަމުންދާ ދަރިވަރެކެވެ. އޭނާ ވަނީ ޝްރީލަންކާގެ ބަންޑާރަނަޔަކަ ފޮރ އިންޓަރނޭޝަނަލް ސްޓަޑީޒް އިން ހަޔަރ ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ރިލޭޝަންސް ފުރިހަމަކޮށްފައެވެ. މި ދާއިރާއިން ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ރިލޭޝަންސް، ކޮމްޕެރޭޓިވް ޕޮލިޓިކަލް ސިސްޓަމްސް، އިންޓަރނޭޝަނަލް ޕޮލިޓިކްސް، ޝްރީލަންކާ އިން ވާރލްޑް އެފެއަރސް އަދި ސައުތު އޭޝިއަން ސްޓަޑީޒްގެ ޢިލްމު ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޑްވާންސް ސެޓްފިކެޓް އިން ލެންގުއޭޖް ޔޫސް ފުރިހަމަކޮށް، ދިވެހި ބަހާއި، އިނގިރޭސި ބަސް، ދިވެހި ތާރީޚާއި ޖޯގްރަފީ އަދި ސިޓިޒަންޝިޕް އެޑިއުކޭޝަން ވަނީ ކިޔަވާފައެވެ.